ސީރިޔާގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންގެ ޖަމާއަތަކުން ބައްޝާރުލް އަސަދުގެ ވެރިކަން ބަދަލުކުރުމަށް ތާއީދުކުރައްވާ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ކުރެއްވި އެކްސް ޕޯސްޓު ޑިލީޓު ކުރައްވައިފި އެވެ.
ޕޯސްޓުގައި މުއްތަލިބު ވިދާޅުވީ ސީރިޔާގެ އަހުންނާއި އުހުތުން އެތައް ޒަމާނެއް ވަންދެން އަނިޔާވެރިކަން ތަހައްމަލުކޮށްފައިވާ ކަމަށެވެ. އަދި މިއީ އެ ގައުމުގައި އަމާންކަމާއި ކުރިއެރުމުގެ ޒަމާނެއް ފެށުން ކަމުގައި ލެއްވުމަށް އެދި ދުއާ ކުރައްވާކަމަށެވެ.
ނަމަވެސް ހެނދުނު މިނިސްޓަރު ކުރެއްވި ޕޯސްޓް މިހާރު ވަނީ ޑިލީޓް ކުރައްވައިފަ އެވެ.
ސީރިޔާ ގައި ބައިގަރުނުވީ ބައްޝަރުލް އަސަދުގެ އާއިލީ ވެރިކަން ނިމިއްޖެކަމަށް ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ކޯލިޝަނުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. ރޭގެ ވަގުތެއްގައި ހަނގުރާމަވެރިން ސީރިޔާގެ ވެރިރަށް ދިމިޝްގަށް ވަނުމާއެކު އެގައުމުގެ ރައީސް އަސަދު ވަނީ ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ.

އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
އިރާގުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ދިންހަމަލާ ކުށްވެރިކޮށްފި
ބޭހަށް ހާއްސަ ކުންފުނިން ބޭސް ސަޕްލައިކުރަން ފަށައިފި