ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ނިކޯލް ކިޑްމަންގެ މަންމަ މަރުވުމުގެ ކުރިން އޭނާއަށް ދިން އެންމެ ފަހުގެ ނަސޭހަތް އާއްމުންނާ ހިއްސާކޮށްފި އެވެ.
ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ނިކޯލް ބުނީ އޭނާއަށް އޭނާގެ މަންމައާ އެންމެ ފަހުން ވާހަކަ ދެއްކުނީ މަންމަ ކައިރިއަށް ދާން ފުރަން އުޅެނިކޮށް ކަމަށެވެ.
އެ ވާހަކައިގެ ތެރެއިން މަންމަ ބުނެފައިވަނީ ދިރިއުޅުމުގެ ކަންކަމުން ކުޑަކޮށް ހަމަޖެހިލައި އަމިއްލަ ނަފްސަށް ވަގުތު ދޭން ކަމަށް ނިކޯލް ބުންޏެވެ.
މަންމަގެ އެ ނަސޭހަތުން ދިރިއުޅުމާމެދު ވިސްނާ ގޮތް ވަރަށް ބޮޑަށް ބަދަލުވި ކަމަށާއި ގިނަ އަންހެނުން އަމިއްލަ ނަފްސަށް ފަރުވާކުޑަ ކުރާ މިންވަރު ވިސްނުނު ކަމަށެވެ. އެހެން ކަމުން މިހާރު މަންމަގެ ނަސޭހަތުގައި ހިފައި އަމިއްލަ ނަފްސުގެ ކުރިއެރުމާއި ހަމަޖެހުމަށް ވަގުތު ދެމުން އަންނަ ކަމަށް ވެސް ނިކޯލް ބުންޏެވެ.
ނިކޯލް އިތުރަށް ބުނީ ހަތަރު ކުދިންގެ މަންމައެއްގެ ގޮތުގައި ހުރެ އޭނާއަށް އޭނާގެ އަމިއްލަ މަންމަ ދެއްކި ވާހަކަތައް އެނގޭ ކަމަށާއި އެކަން އޭނާގެ ދަރިންނަށް ވެސް އަންގައިދޭން ބޭނުންވާ ކަމަށެވެ.
ނިކޯލްގެ މަންމަ މަރުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވެނިސް ފިލްމު ފެސްޓިވަލްއަށް ގޮސް ހުރި ވަގުތެއްގަ އެވެ. މަންމަގެ މަރާއެކު ނިކޯލް ވަނީ ފެސްޓިވަލް ދޫކޮށް ގެއަށް ގޮސްފަ އެވެ.
"އިޖުތިމާއީ އަދާލަތަކީ ހަމަހަމަ މުޖުތަމައަކަށް މަގުދައްކާ އަސާސް"
އެޕްސްޓީންގެ މައްސަލައިގައި ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި
ސުވާލާއި ޖަވާބު: ނިދާ ހެދުމުގައި ނަމާދު ކުރެވިދާނެތަ؟