1994 ވަނަ އަހަރުގެ ޑިޒްނީ އެނިމޭޓަޑް ފިލްމު "ދަ ލަޔަން ކިންގް"ގެ ޕްރީކުއަލް "މުފާސާ: ދަ ލަޔަން ކިންގް"އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ޑޮލްބީ ތިއޭޓަރުގައި އެޅުވި އެ ލައިވް އެކްޝަން ފިލްމު އާއްމުކޮށް އެމެރިކާގެ ހުރިހާ ސިނަމާތަކެއްގައި ރިލީޒް ކޮށްފައިވަނީ މިއަދު އެވެ.
"މުފާސާ: ދަ ލަޔަން ކިންގް"އިން ދައްކުވައިދެނީ 1994 ވަނަ އަހަރުގެ ފިލްމު "ލަޔަން ކިންގް"ގެ ލީޑު ކެރެކްޓަރެއްގެ ގޮތުގައި ފެނުނު މުފާސާގެ ޅަފަތުގެ ހަޔާތެވެ. އެގޮތުން މުފާސާގެ ކުޑައިރުގެ ދުވަސްތަކާއި ފިލްމުގެ އެހެން ކެރެކްޓަރަކުންނާ ބައްދަލުވި ގޮތުގެ އިތުރުން ރަސްކަމަށް އޭނާ އިސްކުރެވުނު ގޮތްވެސް މި ފިލްމުން ދައްކުވައިދޭނެ އެވެ.
ފިލްމުގެ ވާހަކައިގެ އިތުރުން ފިލްމަށް ކޮށްފައިވާ ޓެކްނިކަލް މަސައްކަތްތައް ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ފިލްމުގައި ބޭނުން ކޮށްފައިވާ ގްރެފިކްސްއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ދަ ލަޔަން ކިންގްގެ ޕްރީކުއަލް ސިނަމާތަކުގައި ދައްކަމުން އަންނައިރު ހަމަ ސީދާ އެ ފިލްމުގެ ލައިވް އެކްޝަންއެއް 2019 ވަނަ އަހަރު ނެރެފައިވެ އެވެ.
މަކަރާއި ހީލަތުގެ ތުހުމަތުތަކަށް ޝިލްޕާ ރައްދު ދީފި
"އެކޯސް އޮފް ދަ ޓައިޑްސް"އާއެކު ދިވެހި ތާރީހުގެ ތެރެއަށް!
ވަންދުއަށް މަސްތުވާތަކެތި ގެންދިޔަ ފުލުހަކު ހައްޔަރުކޮށްފި