ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާގެ ލޯބިވެރިޔާ ކާމިޔާބު އެންއެފްއެލް ކުޅުންތެރިޔާ ޓްރެވިސް ކެލްސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް އަޑު އަރައިފި އެވެ.
މި އަޑުތައް ގަދަވެފައިވަނީ ދާދި ފަހުން ނިމުނު އިރާސް ޓުއާ ނިމުމާ ގުޅިގެން ބޭއްވި ޕާޓީގައި ޓޭލާގެ އިނގިލީގައި އަނގޮޓިއެއް އޮތްކަން މީހުންނަށް ފާހަގަވުމުންނެވެ.
އެ ޕާޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތަކުގައި ޓޭލާގެ ކަށި އިނގިލި ފުސް ކުރެވިފައިވާއިރު އޭގެ ބޭނުމަކީ އޭނާގެ އިނގިލީގައި އޮތް އަނގޮޓި ފޮރުވުން ކަަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެއާއެކު ޓްރެވިސް ވެސް ވަނީ ފުޓުބޯޅައިން ރިޓްޔާ ކުރަން އުޅޭކަމުގެ އިޝާރާތެއް ވެސް ކޮށްފަ އެވެ. މިފަހުން އޭނާގެ އުފަން އަވަށުގައި މެޗެއް ކުޅެ މޮޅުވެފައިވާއިރު އެއީ އޭނާ އެ އަވަށުގައި ކުޅޭނެ އެންމެ ފަހު ފަހަރު ކަމަށް ވެދާނެ ކަމަށް ޓްރެވިސް ބުނެފައިވެ އެވެ.
އެހެން ކަމުން ޓްރެވިސްގެ ރޭވުމަކީ ފުޓުބޯޅައިން ރިޓަޔާ ކުރުމަށްފަހު ވިހާވެސް އަވަހަކަށް ޓޭލާއާ ކައިވެނި ކުރުން ކަމަށް ހަބަރުތައް ބުނެ އެވެ.
މިދިޔަ ތޭންގްސްގިވިން ޗުއްޓީގައި އެ ދެމީހުންގެ އާއިލާ ބައްދަލުވެފައިވާއިރު ކުރިއަށް އޮތް ކްރިސްމަސް ވެސް އެ ދެމީހުން ހޭދަކުރާނީ އާއިލާއާއެކު ކަމަށް ބެލެވެ އެވެ.