ބަރުދަން ލުއިކުރުމަށް މަސަައްކަތް ކުރާ މީހުންގެ އެންމެ ބޮޑު ހަތުރަކީ ހަކުރެވެ. ނަމަވެސް ގުދުރަތީ ފޮނިކަމުން މުއްސަނދިވެފައިވާ އުއްދަނޑި ޖޫހަކީ ހިކެން ބޭނުންވާ މީހުންނަށް އެދެވޭ ނަތީޖާ ނެރެދޭނެ ބުއިމެކެވެ. ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.
އެއްވެސް ވަރަކަށް ސަރުބީއެއް ނުހިމެނޭ
އުއްދަނޑީގައި އެއްވެސް މިންވަރަކަށް ސަރުބީއެއް ނުހިމެނެ އެވެ. އެކަމަކު ގުދުރަތީ ފޮނިކަން އެކުލެވެ އެވެ. އެހެން ކަމުން އެހެނިހެން މޭވާތަކުން ފަނި ގިރާއިރު ހަކުރު އަޅަން ޖެހޭ ޖެހުމާ ޚިލާފަށް އުއްދަނޑި ޖޫސް ގިރުމަށް އެއްވެސް މިންވަރަކަށް ހަކުރު އަޅާކަށް ނުޖެހެ އެވެ.
ގިނަ އަދަދަކަށް ފައިބާ އެކުލެވޭ
ގުދުރަތީ ފައިބާ އިން މުއްސަނދިވެފައިވާ އުއްދަނޑިއަކީ ކުރިން ވެސް ފާހަގަކުރި ގޮތަށް ބަރުދަން ލުއިކުރުމަށް އެފަދަ ދެވަނައެއް ނެތްފަދަ އެއްޗެކެވެ. ކޮންމެ އުއްދަނޑި ޖޫސް ތައްޓެއްގައި 13 ގްރާމްގެ ފައިބާ އެކުލެވޭއިރު ފައިބާއަކީ ބަރުދަން ލުއި ކުރުމަށް ހަށިގަނޑަށް ބޭނުންވާ މާއްދާ އެކެވެ.
ދުޅަވުން ކުޑަކޮށްދޭ
އުއްދަނޑިން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތަކާއި ހަނަގުރާމަކޮށް ދުޅަވުމުން ދުރުކޮށްދެ އެވެ. ހަށިގަނޑުގައި އުފެދޭ ނުބައި ކޮލެސްޓްރޯލްގެ ސަބަބުން މީހާ އިންތިހާއަށް ފަލަވެ އެވެ. އުއްދަނޑި ޖޫހުގައި އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް ނުހިމެނޭތީ ލޭގައި އުފެދޭ ސަރުބީ ވިރުވާލުމަށް އެހީވެދީ ބަރުދަން ލުއި ކޮށްދެ އެވެ.
ބޮޑުކަމުދާން ފަސޭހަވޭ
އުއްދަނޑީގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިފައިވުމުން މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ. ގުދުރަތީ ފައިބާއަކީ ހަޖަމުކުރުމުގެ ނިޒާމް ރަނގަޅުކޮށްދީ ބަނޑު ހިކުމުން ދުރުކޮށްދޭ މާއްދާ އެކެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ވަރުގަދަ ގުޅުންތަކަކަށް ގެންގުޅެންޖެހޭ ރަނުގެ 3 އުސޫލެއް!
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި