ވެރިކަންކުރާ ޕީއެންސީއަށް ވަގަށް މީހުން ވައްދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޑީއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން އެކި މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދުމުގެ ޒިންމާ ނަގަންޖެހޭނީ ސީދާ ރައީސް މުއިއްޒު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ވަގު ފޯމްތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ޕީއެންސީއަށް ވައްދާ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރާތަން ނުފެންނަ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް ފުލުހުން ބަލާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ އިހުސާން ކުރާ ކަމެއްތޯ. މިއީ ސީދާ މުއިއްޒު ކުރާ ކަމެއް. މިހުރީ އޭނާގެ ހޯމް މިނިސްޓަރު. ދެން މިހުރީ ކުރިގެ ޑިފެންސް މިނިސްޓަރުގެ އަންހެނުން. ދެން އެތާ ހުރީ ބޮޓޭކޯ. މުޅި ދައުލަތް ނޫން ތޯ މިއޮތީ. މީ ހުރިހާކަމެއްގެ ޒިންމާ އުފުލަން ޖެހޭ މީހަކީ ރައީސުލްޖުްމހޫރެިްޔާ. ރައީސުލްޖުމްހޫރިއްޔާއަށް ނޭނގި މިވަރުކަމެއް ނުހިނގާނެ. މިއީ މުއިއްޒު މަގާމުން ދުރަށް ދާން ޖެހޭ ކަމެއް. މީގަ ޒިންމާ ހަމަ ފެއާ އެންޑް ސްކެއާ ރައީސުލްޖުމްހޫރިއްޔާ އުފުލަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޑީއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ރައްޔިތުން އެ މީހުންނަށް ވަގަށް ޕީއެންސީއަށް ވެއްދުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ދައުލަތަށް ގެއްލިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލަތައް ތަހުގީގުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެމްޑީޕީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.
އެއްފަހަރު ނަމަވެސް މި ތަންތަނަށް ދާތި!
އަލިފާން ރޯވެ އަމާން ދޯދި ޓަވަރު1 ގެ ފެން ހޮޅިތަކެއް ހަލާކުވެއްޖެ
އެއް އައިޑީ ކާޑު ބޭނުންކޮށްގެން ނެގޭނީ 2 މަސްދަޅު ކޭސް
