ބިދޭސީންތަކެއްގެ މެދުގައި މާލޭގައި ބޮޑު މާރާމާރީއެއް ހިންގައިފި އެވެ.

މި މާރާމާރީ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ހާއިރު އެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގި މައްސަލައެއް ރޭ 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކާ ދެމެދު ވެސް އެމީހުން މަރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެއީ އިންޑިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.