މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ކެނެޑާގައި ވެސް އެ އެޕްލިކޭޝަން ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އިއްޔެއިން ފެށިގެން އެމެރިކާގައި ޓިކްޓޮކް މަނާ ކުރިއިރު އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އެހެން ގައުމުތަކުގައި ވެސް ޓިކްޓޮކް މަނާ ކުރެވޭނެ ކަމަށް ބެލެވެ އެވެ. އެގޮތުން ކެނެޑާއަކީ އެމެރިކާގެ ގާތް ގައުމަކަށްވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިނގިރޭސި ވިލާތުގައި ވެސް ޓިކްޓޮކް މަނާ ކުރެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އެމެރިކާއާއި ކެނެޑާގައި ޓިކްޓޮކް މަނާ ކުރެވުމާއެކު ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެމެރިކާގައި ޓިކްޓޮކް މަނާ ކުރެވިފައިވަނީ އެ ގައުމުގެ އިޖުތިމާއީ މިންގަނޑުތަކާ އެ އެޕްލިކޭޝަން ފުށުއަރާ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އެއީ އެ ގައުމާއި ޓިކްޓޮކް އުފެއްދި ޗައިނާއާ ދެމެދު އޮތް ދެކޮޅުވެރިކަމުގެ ނަތީޖާ ކަމަށް ވެސް ބުނެވެ އެވެ.

އެމެރިކާގައި ޓިކްޓޮކް މަނާ ކުރުމާއެކު އެގައުމުގެ މަހުޖަނެއް ކަމަށްވާ އިލަން މަސްކް އެ ކުންފުނި ގަންނާނެ ކަމަށް އަޑުތައް އެރި ނަމަވެސް އެކަމުގެ ޔަގީން ކަމެއް ލިބިފައެއް ނުވެ އެވެ.