އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް އެއްބަސްވުމަށް އަމަލުކުރުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަސްކޮށްފި އެވެ.

ސަބަބެއް ކަމަށް އިޒްރޭލުން ބުނަނީ މިއަދު މިނިވަން ކުރުމަށް ހަމަޖެހިފައިވާ ތިން މީހުންގެ ނަން އަދިވެސް ނުލިބޭ ކަމަށެވެ. އެހެންކަމުން އެ ލިސްޓް ލިބެންދެން އެ އެއްބަސްވުމަށް އަމަލު ނުކުރާނެކަމަށް ވަނީ ބުނެފަ އެވެ.

އިޒްރޭލުން ވަނީ ހަމާސްއިން ސުލްހައިގެ އެއްބަސްވުމަށް އަމުލު ކުރަން ބޭނުންނުވާ ކަމުގެ ހެއްކެތް ކަމަށް ބުނެފަ އެވެ.

ބުދަ ދުވަހު އިޢުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޢަމަލުކުރަން ފަށުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 8:30 ގައި (ރާއްޖެ ގަޑިން 11:30 ގައި) އެވެ.

ޤަޠަރުގައި ވެވުނު އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި 33 އިޒްރޭލު ރަހީނުން ދޫކޮށްލުމަށް ހަމަޖެހިފައިވެޗއެވެ. މީގެ ބަދަލުގައި 730 އަށްވުރެ ގިނަ ފަލަސްޠީނު މީހުން އިޒްރޭލު ޖަލުތަކުން ދޫކޮށްލެވޭނެ އެވެ. އިޒްރޭލުން މިނިވަން ކުރުމަށް ހަމަޖެހިފައިވާ ގައިދީންގެ ނަންތައް ވަނީ ފޮނުވާފައިކަމަށް ރިޕޯޓްތައް ބުނެ އެވެ.ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޢަމަލުކުރަން ފަށަން މަދު ގަޑިއިރުތަކެއް ބާކީ އޮއްވާ، އިޒްރޭލު ސިފައިން އަދިވެސް ދަނީ ހުއްޓުމެއް ނެތި ޣައްޒާއަށް ދަނީ ބޮންއަޅަމުންނެވެ. އެއްބަސްވުން އިޢުލާނުކުރި ފަހުން އިޒްރޭލު ސިފައިން ޣައްޒާގައި 122 މީހުން ޝަހީދުކޮށްލައި 270 މީހުން ޒަހަމްކޮށްލާފައި ވާކަމަށް ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނެފައިވެ އެވެ

މީ ވަގުތީ ހަނގުރާމަ ހުއްޓާލުމެއް ކަމަށް ބުނެ ރޭގެ ވަގުތެއްގައި ނަތަންޔާހޫ ވަނީ ވާހަކަ ދައްކާފަ އެވެ. އަދި ހަނގުރާމަ އަލުން ފެށުމުގެ އިހްތިޔާރު އިޒްރޭލަށް ލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.