ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލަން ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުގެ މަސައްކަތް އެއް ދުވަސް ތެރޭ ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީން އިއްތިފާގުން ނިންމާފައި ވަނީ މާދަމާ ހެނދުނު 11:30 އާ ހަމައަށް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހު، މާދަމާގެ ނިޔަލަށް ބިލުގެ މުޅި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. އެގޮތަށް ކޮމިޓީއަށް ހުށަހެޅީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގުރައިދޫ ދާއިރާގެ އަމިއްލަ މެންބަރު ހަންނާން މުހައްމަދު ރަޝީދެވެ.
މަޖިލީހުގެ ދައުރު ވެސް އިތުރުކޮށްފައި ވާއިރު، މި ބިލު ފާސްކޮށް އަންނަ މަހުގެ އެކަކުން ފެށިގެން އަމަލުކުރަން ފެށުމަށް ސަރުކާރުން އަންނަނީ އަމާޒު ހިފަމުންނެވެ.
މި އިސްލާހު ފާސްވުމުން ރިސޯޓުތަކުން ދެން މާރުކުރަން ޖެހޭނީ މަހު އާމްދަނީގެ 20 އިންސައްތަ އެވެ. މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާތަކުން 100 އިންސައްތަ ދިވެހި ހިއްސާވާ ވިޔަފާރިތަކަށް މާރުކުރަން ޖެހޭ މިންވަރު ހަތް އިންސައްތައަށް ލުއިކުރުމާއި، ޑޮލަރު މާރުކުރަން މަޖުބޫރުވާ އާމްދަނީގެ 25 މިލިއަން ޑޮލަރަށް މަތިކުރުން ވެސް މި އިސްލާހުގައި ހިމެނެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް މަޖިލީހުގައި މުހިންމު އިސްލާހުތައް އެއް ދުވަސްތެރޭ ފާސްކޮށްފައި އެބަހުއްޓެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހަށް ވަނީ އަމާޒުވެފަ އެވެ.
އެމްޑީޕީން ބުނީ މުޒާހަރާކުރާނީ މަޖީދީ މަގުގައި ކަމަށް
ފެނަކައާ ގުޅޭ މައްސަލަ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހައިކޯޓަށް
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި