ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން ހޮސްޕިޓަލަށް ގެންދިޔަ އޮޓޯގެ ޑްރައިވަރު ބަޖަން ސިންހް ރާނާއަށް ސައިފްއާއި އޭނާގެ އާއިލާގެ ފަރާތުން ބޮޑު އިނާމެއް ދޭން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސައިފްއާއި އޭނާގެ އާއިލާގެ ފަރާތުން ބަޖަންއަށް އޮޓޯއެއް ނުވަތަ ފައިސާގެ އިނާމެއް ދޭން އަންނަނީ ތައްޔާރު ވަމުންނެވެ. މިކަމާ ގުޅިގެން ބަޖަން ބުނީ ފައިސާގެ އިނާމެއް ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް އޮޓޯއެއް ހަދިޔާ ކޮށްފިނަމަ ގަބޫލު ކުރާނެ ކަމަށެވެ.
ބަޖަން އިތުރަށް ބުނީ އޭނާ އެދުވަހު އެކަން ކުރީ އޭގެ ބަދަލުގައި ހަދިޔާއެއް ނުވަތަ އިނާމެއް ބޭނުންވެގެން ނޫން ކަމަށާއި އެކަމަށް ދަހިވެތިވެގެން ނޫން ކަމަށެވެ.
ބަޖަންގެ ހިތްހެޔޮކަމާއި މަސައްކަތް ފާހަގަކޮށް އަމިއްލަ ޖަމާއަތަކުން ވެސް ވަނީ އޭނާއަށް 11،000 ރުޕީސްގެ ފައިސާގެ އިނާމެއް ވެސް ދީފަ އެވެ.
މިދިޔަ ބުރާސްފަތި ވިލޭރޭ ދަންވަރުގެ ވަގުތެއްގައި ސައިފްގެ ގެއަށް ވަތް ވަގަކު އޭނާގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލުމުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ބަޖަންގެ އޮޓޯގަ އެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި