ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ މުންނިމް އަނީސް އާއި އަހުމަދު ނާޒިމް މުހައްމަދު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާގޮތުގައި މުންނިމް ބަދަލުކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އަދި ނާޒިމް ބަދަލުކުރީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
އެ ދެ ބޭފުޅުންނަކީ ވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އަރިސް ބޭފުޅުންނެވެ. މުންއިމްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވުމަށްފަހު ހަފްތާއެއް ނުވަނީސް މަގާމުން ވަކިކުރެއްވި ބޭފުޅެކެވެ. އޭނާއަށް އަލުން އެ މަގާމް ދިނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕީއެންސީގެ ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމުމުންނެވެ.
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ކަމަށް ނާޒިމް އައްޔަނުކުރެއްވީ ޑިސެމްބަރު 13، 2023 ވަނަ ދުވަހު އެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
ދުނިޔޭގެ އެންމެ ބޮޑު މެރަތަން ހުޅުމާލޭގައި ބާއްވަނީ
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!
