މިދިޔަ މަހު ރާއްޖެއަށް ދެލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 207،798 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އައިސްފައި ވަނީ 192،385 ޓޫރިސްޓުންނެވެ. އެހެންކަމުން މި ޖަނަވަރީ މަހު ރާއްޖޭގެ ޓޫރިޒަމް ވަނީ 8 ޕަސެންޓް ކުރިއަރައިފަ އެވެ.
ޖެނުއަރީ މަހު އެއް ދުވަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ 31 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި ރާއްޖެއަށް 9،495 ޓޫރިސްޓުން އައިސްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
ޖެނުއަރީ މަހު އެންމެ ގިނަ ޓޫރިސްޓުން އައި 3 ގައުމު:
- ޗައިނާ: 36،169 ޓޫރިސްޓުން
- ރަޝިއާ: 22،124 ޓޫރިސްޓުން
- އިޓަލީ: 20،686 ޓޫރިސްޓުން