މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު، އިދިކޮޅު އެމްޑީޕީން މުޒާހަރާ ކުރަމުންދާތީ ރިޔާސީ ބަޔާން މެދުކަނޑާލައްވައިފި އެވެ.

އެމްޑީޕީގެ މެމްބަރުން ގެންދަވަނީ މަޖިލިސް ކުރާ މާލަމުގެ ތެރޭގައި މުޒާހަރާކުރަމުންނެވެ. މެމްބަރުން ގެންދަވަނީ ސަރުކާރާ ދެކޮޅު ބޯޑުތައް ހިފައިގެން ޝުއޫރުފާޅު ކުރައްވަމުންނެވެ.

މަޖިލީހުގެ ރައީސް ވަނީ މެމްބަރުންނަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އަންގަވާފަ އެވެ. އެއަށްފަހު ބައެއް މެންބަރުންގެ ނަން އިއްވައި ގަދަކަމުން ޖަލްސާކުރާ މާލަމުން ވަނީ ނެރެފަ އެވެ.

އެންމެ ފުރަތަމަ ނަން އިއްވާފައިވަނީ ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލް ނަސީމްގެ ނަމެވެ. އޭގެ ފަހުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނަން ވަނީ އިއްވާފަ އެވެ.

މަޖިލީސް ބޭރުގައި އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަންމުންކަން ފާހަގަކޮށްލެވެ އެވެ.

މަގުތަކުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.