ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބްލޭކް ލައިވްލީއާއި ޓޭލާ ސްވިފްޓްގެ ގާތް ރަހުމަތްތެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިނގިރޭސި މީޑިއާތަކުން މިގޮތަށް ހަބަރު ފަތުރާފައި މިވަނީ ބްލޭކްއާއި ޖަސްޓިން ބެލްޑޯނީއާ ދެމެދު މިހާރު ކުރިއަށްދާ ގާނޫނީ ކޯޅުމުގެ ތެރެއަށް ޓޭލާގެ ނަން ވަދެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލާގައި ޖަސްޓިން ބްލޭކްއަށް ކުރި އެއް ތުހުމަތަކީ އެ ދެމީހުންގެ ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ކަންކަމުގައި ބްލޭކް ބޭނުންވާ ގޮތް ނިންމަން ޓޭލާގެ ނުފޫޒު ބޭނުން ކުރުމެވެ.

ބްލޭކްއާއި ޖަސްޓިންގެ މެދުގައި ހިނގާ ކަންތައްގަނޑުގައި ޓޭލާގެ އެއްވެސް އަތެއް ނެތް ނަމަވެސް އެކަމުގައި އޭނާގެ ނަން ބޭނުން ކުރެވޭތީ ޓޭލާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

މިކަންތައްގަނޑުގެ ތެރޭގައި ޓޭލާއާއި ބްލޭކްގެ ދުވަސްވީ ރަހްމަތްތެރިކަމަށް ބުރޫ އަރާފާނެ ކަމުގެ ބިރު ހީވެފައިވާއިރު ޓޭލާގެ ސުޕަ ބައުލް މެހެމާނުންގެ ލިސްޓުގައި ވެސް ބްލޭކް ނުހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެން ކަމުން މިހާރު ވެސް އެދެތަރިންގެ ރަހުމަތްތެރިކަމުގައި ކުނިޖެހި ގުޅުން ހީނަރުވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.