ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ޗާވާ"ގައި އެކުގައި މަސައްކަތްކުރި ރަޝްމިކާ މަންދަނާ ދެކެ ބިރުގަންނަ ކަމަށް ވިކީ ކައުޝަލް ބުނެފި އެވެ.

ދާދި ފަހުން އޮތް "ޗާވާ"ގެ ޕްރޮމޯޝަނެއްގައިި ވާހަކަ ދައްކަމުން ވިކީ ބުނީ ރަޝްމިކާއަކީ އޭނާގެ މަސައްކަތަށް ގޮސް ގެއްލޭ މީހެއް ކަމަށާއި އެހެންވެ އޭނާ ދެކެ ބައެއް ފަހަރު ބިރުގަންނަ ކަމަށެވެ.

"ބައެއް ފަހަރު ޝޫޓިންގައި އުޅޭއިރު އޭނާގެ ކަންތައް މާ މައްޗަށް ދާ ފަހަރުވެސް އާދޭ. އެހެންވެ ބިރުގަންނަނީ" ހިނިގަނޑަކާއެކު ވިކީ ބުންޏެވެ.

އެ ޕްރޮމޯޝަންގައި ވިކީ ވަނީ ރަޝްމިކާގެ ފައި ބިންދައިގެން ގޮސްގެން އުޅޭއިރު ވެސް ފިލްމުގެ ޕްރޮމޯޝަންތަކުގައި ބައިވެރިވާކަން ފާހަގަ ކޮށްފަ އެވެ.

"އަހަރުމެން ޖެހެނީ ގަދަ ކަމުން އޭނާ ފުރޮޅުލީ ގޮނޑިއެއްގައި ބައިންދަން. އެހެން ނޫންނަމަ މުޅިތަނުގައި އުޅޭނީ މިހެން." ރަޝްމިކާ ހިނގާ ގޮތަށް ކޮރު ޖަހަމުން ވިކީ ބުނެފައިވެ އެވެ.

މިމަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ޗާވާ"އަކީ ވިކީއާއި ރަޝްމިކާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެ ޖޯޑަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ވެސް ކުރަމުންނެވެ.