ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ވިޔަފާރިވެރިޔާ ރަންބީރު ކަޕޫރުގެ އަމިއްލަ ލައިފްސްޓައިލް ބްރޭންޑެއް އިންޑިއާގެ ބާޒާރަށް ނެރެފި އެވެ.
ލޯބިވެރިންގެ ދުވަހާ ގުޅުވައިގެން މިދިޔަ ހުކުރު ދުވަހު ނެރުނު "އާކްސް" ބްރޭންޑަކީ އަންހެން އަދި ފިރިހެން ފެޝަންގެ އިތުރުން އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ލިބެން ހުންނާނެ ބްރޭންޑެކެވެ.
އާކްސްގެ ފުރަތަމަ ފިހާރަ ހުޅުވަން މުމްބާއީގައި ބޭއްވި ކުޑަ ހަފްލާގައި ރަންބީރު ބައިވެރިވެ އޭނާގެ ސަޕޯޓަރުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައިވެ އެވެ.
އެ ބްރޭންޑާ ބެހޭގޮތުން ވާހަކަ ދައްކަމުން ރަންބީރު ބުނީ އާކްސްގެ މަގްސަދަކީ މާ ކަންތައް ބޮޑު ނުކޮށް ވެސް ފެޝަންގެ ޓްރެންޑެއް ހެދުން ކަމަށެވެ.
"އާކްސްގެ ބޭނުމަކީ ބޭނުންކުރާ އެއްޗެހިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށްދީ އެތަކެތި ބޭނުން ކުރުމުގައި ފަސޭހަ ކޮށްދިނުން" ރަންބީރު ބުންޏެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ރަންބީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ވިކީ ކައުޝަލްއާއި އާލިއާ ބަޓްއާއެކު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވާ" އިންނެވެ.
ކާޑިބީގެ ކްރެޑިޓް ކާޑުން 60،000 ޑޮލަރުގެ ވައްކަން ކޮށްފި
ހޮރުޒޫމް ކަނޑުއޮޅި ހައްލުކުރަން ނަގާނީ އެންމެ 2 މިނެޓް: ޓްރަމްޕް
އީރާނުން މަޝްވަރާއަށް ދިޔަ ފުލައިޓުގައި މަރުވި ކުދިންގެ ހަނދާން