ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯގެ ގުދަނަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ، ޔޫރޯ ސްޓޯރުގެ ގުދަނަކުން 130 އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނެގި މައްސަލައެއްގެ ހުށަހެޅިފައިވާތީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ބޮޑު ވައްކަންކުރި މީހުން ދެނެގަނެވުނު ކަމެއް އަދި ނޭނގެ އެވެ.
ދާދިފަހުން މާލޭގެ ދެ ބޮންޑެޑްވެއާ ހައުސް އަކުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލިފައިވާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރިފަހުން ގިނަ އަދަދެއްގެ ސިނގިރޭޓް ވަގަށް ނަގާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ
މެޗުގައި އީރާނަށް ޕޮއިންޓެއް، ބެލްޖިއަމް އާއި މިސްރު އެއްވަރު
މަރަދޫފޭދޫގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރެއް
