ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އޭނާގެ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމަށް ސޮއިކޮށް އެ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ހޮލީވުޑްގެ ތްރިލާ ފިލްމަކުން ސަލްމާން ފެނިގެންދާނީ ކެމިއޯ ރޯލަކުން ކަމަށާއި އެ ފިލްމުގައި އޭނާގެ ފަރާތުން އެކްޝަން މަންޒަރުތަކެއް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ފިލްމުގައި ސަލްމާންގެ އިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ސަންޖޭ ދަތުގެ ފެނިލުމެއް ވެސް ފެނިގެންދާނެ އެވެ.
އެގޮތުން އެ ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށްޓަކައި ސަލްމާންއާއި ސަންޖޭ ސައޫދީ އަރަބިއާއަށް ގޮސްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ބޮލީވުޑްގައި ސަލްމާން މަސައްކަތް ކުރާތާ 30 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު މީގެ ކުރިން ދުވަހަކުވެސް ހޮލީވުޑްގެ ޕްރޮޖެކްޓަކަށް ސޮއި ކޮށްފައެއް ނުވެ އެވެ.
މިވަގުތު ސަލްމާންގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމަކަށް ކުރިއަށް އޮތީ މިއަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ އެކްޝަން ތްރިލާ "ސިކަންދަރު" އެވެ.
މައިކަލް ޖެކްސަންގެ ބައޮޕިކް ޕްރިމިއާ ކޮށްފި
10 ދުވަހުގެ ހަނދުގެ މިޝަނަށްފަހު އާރްޓެމިސް އެނބުރި ދުނިޔެއަށް
އުއްބައްތީގެ ހުޅުކޮޅަށް ނޫރު ބަލާފޫހި ނުވޭ