ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމުން ޑރ. ވިޓާލީ ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ވަކިކުރިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ ވަކިކުރީ ކީއްވެގެން ކަމެއް އެ ބޯޑުން ނުބުނެ އެވެ.
ޑރ. ވިޓާލީ އަކީ ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޔޫކުރެއިނަށް ނިސްބަތްވާ ބޭފުޅެކެވެ.
މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ދިރިއުޅުއްވީ ސުވިޒަލޭންޑުގަ އެވެ.
އޭނާ ވަނީ އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފަ އެވެ.
އޭނާ އަކީ އަޑިއަޅާލާފައިވާ ކުންފުނިތައް ދެމެހެއްްޓެނިވި ވިޔަފާރި މޮޑެލްއަކަށް ބަދަލުކުރުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް އޭނާގެ ޕްރޮފައިލްގައި ބުނެފައިވެ އެވެ.
ދިރާގު ޕޭ ކަސްޓަމަރުންނަށް 1 ރުފިޔާއަށް ޕިއްޒާއެއް
ވޯލްޑް ކަޕް: އޮޅުމަކުން 8000 ޑޮލަރުގެ ޕާކިން ފާހެއް ގަނެފި
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި
