ރައީސް މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން އަންގައިފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕްގެ ބައްދަލުވުމުގައި ރައީސްގެ މި އެންގެވުން ހާމަކުރެއްވީ ފީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ.
މަޖިލިސް ކޮންޓްރޯލް ކުރުމުގެ އިތުރު ނިންމެވުމެއް ރައީސް އަންގަވާފައި މިވަނީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ކުއްލިއަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ގާނޫނަށް އިސްލާހު ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.
ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގޮވާލައިފަ އެވެ.
ގަނޑުކޮށް ކޮތަޅު ވިއްކާއިރު ފީ ނުނަގާ ގޮތަށް ބަދަލުކުރަނީ
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
އުނދަގޫ ނަމަވެސް ހަމަޖެހޭ ދިރިއުޅުމަކަށް މުހިއްމު 5 އާދައެއް!