ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން ކެންސަލްކޮށްފި އެވެ.
ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ކަށަވަރުކުރާތީ މިވަގުތަށް އެ ބަޔާން ކެންސަލްކޮށްފައިވާ ކަމަށެވެ.
"އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ވަނީ ނަގާފައި. ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަށަވަރުކޮށް އިތުރު އަޕްޑޭޓްތައް މީޑިއާއާ ހިއްސާކުރާނަމެވެ." ބަޔާން ކެންސަލްކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައިވެ އެވެ.
ފުުލުުހުން ނެރުނު ބަޔާނުގައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވާ ކަމަށެވެ.
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
އަޒީމްގެ ބަދިތައް ހެދީ އިހުގެ ގޮތަށް!
