1960ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ރޮކް ބޭންޑް "ދަ ބީޓަލްސް"ގެ މެމްބަރުންގެ ހަޔާތުގެ މައްޗަށް ބައޯޕިކް ފިލްމުތަކެއް ހަދަން ނިންމައިފި އެވެ.
އެގޮތުން ބީޓަލްސްގެ ހަތަރު މެމްބަރުންގެ ހަޔާތުގެ މައްޗަށް ވަކިވަކިން ފީޗާ ފިލްމުތަކެއް އުފައްދާނެ ކަމަށް ސޮނީ ޕިކްޗާސްއިން ބުނެ އެވެ.
ސޭމް މެންޑެސް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ މުހިއްމު ރޯލުތަކަށް މިހާރު އެކްޓަރުން ވެސް ހަމަޖައްސާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން ޖޯން ލެނަންގެ ރޯލުން ހެރިސް ޑިކިންސަން އަދި ޕައުލް މެކްކާޓްނީގެ ރޯލުން ޕައުލް މެސްކަލް ފެނިގެންދާނެ އެވެ. އޭގެ އިތުރުން ރިންގޯ ސްޓާގެ ރޯލުން ބެރީ ކޮއެގަން ފެނިގެންދާއިރު ޖޯޖް ހެރިސަންގެ ރޯލުން ފެނިގެންދާނީ ޖޯސެފް ކުއިން އެވެ.
މި ފިލްމުތަކާ ބެހޭގޮތުން ޑައިރެކްޓަރު ސޭމް ބުނީ ބީޓަލްސްއަކީ މުޅި ދުނިޔެއަށް މަޝްހޫރު ބޭންޑެއް ނަމަވެސް އެ ބޭންޑާ ބެހޭގޮތުން ގިނަ ބަޔަކަށް ނޭނގޭ ގިނަ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ.
އެހެން ކަމުން މި ފިލްމުތައް ވެގެންދާނީ ރެޓްރޯ ދައުރުގެ އެންމެ ފުންނާބު އުސް ބޭންޑުގެ ދިރިއުޅުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ފިލްމުތަކަކަށެވެ.
ޒުވާނުންގެ މެދުގައި ހާޓް އެޓޭކްތައް އިތުރުވަމުން އަންނަ ސަބަބު!
ނައިބު ރައީސްގެ ބޭންކު އެކައުންޓުތަކުގައި އެންމެ 8،000 ރުފިޔާ
"ތެޔޮ އެތެރެކުރަން ކުރާ ހޭދަ 110 ޕަސެންޓް އިތުރުވެއްޖެ"