އިނގިރޭސި ރިއަލިޓީ ޝޯ "އެމެރިކަން އައިޑަލް"ގެ 23 ވަނަ ސީޒަންއާ ކުރިމަތިލިއިރު އެންމެ ބޮޑު ބަދަލަކަށް ފެނިގެން ދިޔައީ މިފަހަރުގެ ފަނޑިޔާރުންގެ ޕެނަލްއިން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ނުފެނުމެވެ.
ހަ ސީޒަނަށްފަހު ކޭޓީ އެ ޝޯއާ ވަކިވެފައިވާއިރު އޭނާ ޝޯއިން ވަކިވީ ސަބަބާ ބެހޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
ބައެއް މީޑިއާ ރިޕޯޯޓުތައް ބުނާ ގޮތުގައި ކޭޓީ އެ ޝޯއިން ވަކިވީ ޝޯގެ ޝެޑިއުލް ބުރަ ކަމުންނެވެ. އެގޮތުން އަހަރުގެ ބޮޑު ބައެއް އެ ޝޯގެ ތެރޭގައި ހޭދަވާ ކަމަށް އެ ރިޕޯޓުތަކުގައި ބުނެ އެވެ.
އެއާއެކު ކޭޓީ އެމެރިކަން އައިޑަލްއިން ވަކިވީ އޭނާގެ ސޯލޯ މިއުޒިކް ކެރިއަރަށް އިތުރު ވަގުތު ދޭން ކަމަށް ބުނާ ހަބަރުތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.
އެގޮތުން އޭނާގެ ލައިފް ޓައިމް ވޯލްޑް ޓުއާ ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ. މި އޭޕްރިލް މަހު ފަށާ އެ ޓުއާ ނިމޭނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ.
ކޭޓީގެ މިއުޒިކީ މަސައްކަތްތަކުގެ އިތުރުން މިފަހުން އޭނާ ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރާފައިވަނީ އިތުރު އަންހެނުންތަކަކާއެކު ޖައްވަށް ކުރި ދަތުރާއެކުގަ އެވެ.
އައިސީސީއަށް ފިޔަވަޅު އެޅުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި
20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީގެ އާ ރޭންޖެއް "އައިވިލް"
ރޯދަ މަހުގެ އުމްރާ ޕެކޭޖުތަކުން 7،000 ރުފިޔާ ބޮޑުކޮށްފި