ދިރާގުން ރަމަޟާން މަހު ކުރިއަށްގެންދިޔަ ކަރާ ފަޅައިގެން އިނާމު ހޯދުމުގެ ޕްރޮމޯޝަނުގެ އެންމެ ހާއްސަ އިނާމުކަމުއިވާ ސްވިޓްޒަރލޭންޑް ދަތުރުގެ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފި އެވެ.

މި އަގުހުރި އިނާމް ލިބުނު މުހައްމަދު އިއުތިމަން އަލީ އަށް އިނާމް ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި، ދިރާގުގެ އިސް ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި އަހަރުގެ ރަމަޟާން މަހު ދިރާގުން ވަނީ ކޮންމެ ދުވަހަކު ދިރާގުއެޕްއިން ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހުޅުވައިލައިފަ އެވެ. އަދި، ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއަރޕޮޑްސް، ސެމްސަންގ އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޓްޒަރލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެ އެވެ.

"ދިރާގުއެޕްއިން ކަރާ ފަޅާލައިގެން މިހާ ފަސޭހައިން ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަކަށް ހިއެއް ވެސް ނުކުރަން. އިނާމް ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުނުކުރެވުނު ކަމުގައި ވިޔަސް، ވަރަށް ބޮޑަށް އުފާވި. ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް، އަދި މި ކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން." އިނާމުގެ ނަސީބުވެރިޔާ އިއުތިމަން ހިއްސާކުރިއެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ތަފާތު ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނާ ހަމައަށް އަގުހުރި އިނާމުތަކާއި އުފާވެރި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.