މަޝްހޫރު ރިއަލިޓީ ޝޯ "އެމެރިކާސް ގޮޓް ޓެލެންޓް" (އޭޖީޓީ)ގެ މައި ޖަޖު ސައިމަން ކޮވެލް، ބުރަކަށްޓަށް ކުރަންޖެހޭ އޮޕަރޭޝަނަކާ ގުޅިގެން ވަގުތީ ގޮތުން ޝޯއާ ދުރަށް ހނނގައްޖެ އެވެ.
އޭނާގެ ބަދަލުގައި ވަގުތީ ފަނިޔާރެއްގެ ގޮތުން މަޝްހޫރު ކޮމީޑިއަން އަދި "ސަޓަޑޭ ނައިޓް ލައިވް"ގެ ތަރި ކީނަން ތޮމްސަން ޝޯއާ ގުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ޢުމުރުން 66 އަހަރުގެ ސައިމަން ކޮވެލްއަށް މި އޮޕަރޭޝަން ކުރަން ޖެހުނީ މީގެ 6 އަހަރު ކުރިން 2020 ވަނަ އަހަރު އިލެކްޓްރިކް ބައިސްކަލެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާއެކު ބުރަކަށްޓަށް ލިބުނު އަނިޔާތަކާ ގުޅިގެންނެވެ. އޭރު އޭނާގެ ބުރަކަށި ބިނދި، ސީރިއަސް ސާޖަރީއެއް ކުރަން ޖެހުނެވެ.
ޝޯގެ ހޯސްޓް ޓެރީ ބުނެފައިވާ ގޮތުގައި، މިއީ ކުއްލިއަކަށް ދިމާވި ކަމެއް ނޫން ނަމަވެސް، އިތުރަށް ފަސް ކުރެވެން ނެތް އޮޕަރޭޝަނެކެވެ.
ސައިމަންގެ ތަރްޖަމާނު ބުނެފައިވަނީ މިއީ އާންމު އޮޕަރޭޝަނެއް ކަމަށާއި، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އޭނާ އަނބުރާ ޝޯއަށް އަންނާނެ ކަމަށެވެ.
ސައިމަން ކޮވެލް ނެތް ވަގުތު، އޭނާގެ ގޮނޑި ކަވަރު ކުރުމަށް ހަމަޖެހިފައިވާ ކީނަން ތޮމްސަންއަކީ އޭ.ޖީ.ޓީގެ ބެލުންތެރިންނަށް މުޅިން އައު މޫނެއް ނޫނެވެ.
މީގެ ކުރިން 2020 ވަނަ އަހަރު ސައިމަންއަށް ބައިސްކަލް އެކްސިޑެންޓް ދިމާވި ދުވަސްވަރުވެސް އޭނާ ވަނީ ގެސްޓް ޖަޖެއްގެ ގޮތުން ޝޯގައި މަސައްކަތް ކޮށްފަ އެވެ.
މިހާރު ކުރިއަށްދާ އޭ.ޖީ.ޓީ ސީޒަން 21 ގެ ލައިވް ޝޯތަކުގައި ސައިމަން ނެތް ނަމަވެސް، އެހެން ޖަޖުން ކަމަށްވާ ހޯވީ މެންޑެލް، ސޮފީޔާ ވެރްގަރާ އަދި މެލް ބީ ގެ އިތުރުން ކީނަން ތޮމްސަންއާއެކު ޝޯ ކުރިއަށްދާނެ އެވެ.
ގެސްޓް ޖަޖެއްގެ ހައިސިއްޔަތުން ބައިވެރިންނަށް ހިތްވަރުދީ، "ގޯލްޑަން ބަޒާ" ޖެހުމުގެ ފުރުސަތު ވެސް ކީނަންއަށް ލިބިގެންދާނެ އެވެ.
ކަސްރަތަށްފަހު "ޕްރޮޓީން ޝޭކް"އެއް ހަމަ ބޭނުން ވޭތަ؟
މާލެ އޯޕަންގެ ވަނަވަނަ ހާސިލުކޮށްފައިވާ ފެތުންތެރިންނަށް އިނާމު