ރައީސް ޑރ. މުހައްމަދު މުއިއްޒު ރިކޯލް ވޯޓުގެ ވާހަކަ ދައްކަވާއިރު، އަމިއްލަފުޅަށް ރިކޯލް ވޯޓަކަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްހައްޔޫމް ޗެލޭންޖު ކުރައްވައިފި އެވެ.
ޕީއެންއެން އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އިންތިހާބީ މާގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ރިކޯލް ވޯޓެއް ނަގަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވަނީ އިހްލާސްތެރިކަމާއެކު ކަމުގައި ވާނަމަ ރިކޯލް ވޯޓަކަށް ވަޑައިގަންނަވަން ރައީސް މުއިއްޒަށް ޗެލޭންޖު ކުރައްވާ ކަމަށެވެ.
"ތި ދައްކާ ވާހަކަ ރައްޔިތުންނަށް ސާބިތުކޮށްދޭން ބޭނުންވާ ނަމަ ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވަން ވީ ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.
ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންގެ އަތް މައްޗަށް ލިބުމުން ކަމަށް ރައީސް މުއިއްޒު ވަނީ މިއަދު ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ތާއީދު ކުރައްވާ ކަމަށް އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވެ އެވެ.
ގެސްޓްހައުސްގައި މަރުވި މީހާގެ ހަށިގަނޑުން ޑްރަގް ފެނުނު
އައްޑޫ ޑްރަގް ނެޓްވޯކްގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!
