މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި 1000 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރާނެ ކަމަށް ވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުު އެހެން ވިދާޅުވީ މިރޭ އއ. ރަސްދޫގައި ބާއްވާ "ރަށްވެހިފަތިސް އަލިވުން" ޖަލްސާއަށް ފުރާވަޑައިގަތުމުގެ ކުރިން ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ވާހަކަ ދައްކަވަމުންނެވެ. އެ ސަރަހައްދުގައި ހުންނަވައިގެން ވެރިކަންކުރާ މައިޕާޓީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީއިން އިންތިހާބުތަކުގައި ވާދަކުރަނީ ޖެހިލުމެއް އަދި ބިރެއް ނެތި ކަމަށެވެ.

އެޕްރީލް 10ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވާއިރު އެމްޑީޕީއިން ގެންދަނީ 1500 ގޮނޑިއަށް ވާދަކުރައްވަމުންނެވެ. އެ ގޮނިޑިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގޮނޑިތަކެއް ހުރިަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ގޮނޑިތަކަކީ ސިޓީތަކުގެ މޭޔަރުންގެ ގޮނޑިތަށކަމަށް ވެސް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ސިޓީތަކުގެ މޭޔަރުންގެ ގޮނޑި އެމްޑީޕީއިން ކަމިޔާބުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ވާދަކުރައްވާ ގޮނޑިތަށް ކާމިޔާބު ކުރެއްވުމަށް ވަރަށް ފުޅާ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވެސް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ހުޝާމަދުކުރާ އަޑުއަހާ ހިތްވާ ޕާޓީއެއް ނޫން ކަމަށެވެ.