ފައިސާ ނުނެގި ވަނިކޮށް ޕޮންޒީ ސްކީމެއްގެ ގޮތުގައި ހިންގި ޖެމްކިޔު ގެއްލި، އެތައް ބަޔަކަށް ބޮޑު ލަނޑެއް ލިބިއްޖެ އެވެ.
މި ސްކީމް ރާއްޖޭގައި ފުޅާވެފައި ވަނިކޮށް އެކި ދީނީ އިލްމުވެރިން ވަނީ އެެއީ ހަރާމްގޮތުގައި ބޭނުންކުރެވޭ އެއްޗެއްކަން ތަފްސީލާއެކު ކިޔައިދެއްވާފަ އެވެ. އޭގެ އެތައް ދުވަހެއް ފަހުން ފުލުހުން ވެސް ވަނީ އެ ސްކީމް ރާއްޖޭގައި ޕްރޮމޯޓްކޮށް ހިންގާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.
އެ ސްކީމުގައި ރާއްޖެއިން ބައި ލައްކައެއްހާ މީހުން ބައިވެރިވެފައިވެ އެވެ. އެ ސްކީމްގެ ޓެލެގްރާމް ގްރޫޕް ވަނީ ފައިސާ ނުނެގޭ ކަމުގެ ޝަކުވާތަކުން ފުރާލާފަ އެވެ.
އެ ގްރޫޕަށް މެސެޖްކުރި މީހަކު ބުނީ ޖެމްކިޔުގެ 'މާކެޓިން ޑިޕާޓްމެންޓް'ގެ ހަބަރެއް ނުވެ، އުއްމީދު ގެއްލިފައިވިޔަަސް، އިތުރު މީހަކާ ގުޅިގެން އެފަދަ ސްކީމެއް ހިންގާނެ ކަމަށެވެ.
"މިއީ ރައްކާތެރި އަދި ބަރޯސާ ވެވޭނެ ފަދަ ޕްރޮޖެކްޓެއް" އެ ގްރޫޕްގައި އެ މީހާ ލިޔުނެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވި އެ ސްކީމް ރާއްޖޭގައި ޕްރޮމޯޓް ކުރުމުގައި އުޅުނީ އަންހެނަކާއި ހަ ފިރިހެނުން ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.
އޭނާ ވިދާޅުވީ ފުލުހުން އަންނަނީ އެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް
ހިމާލަޔާގެ އުސް ފަރުބަދަތަކުގެ ތެރެއިން ދިގު ދަތުރެއް!
