ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި އެވެ.

މި ހާއްސަ އިނާމުތަކަކީ:

* ޕްލޭސްޓޭޝަން 5 ސްލިމް

* ޑެލް ލެޕްޓޮޕް

* ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސް

* ކޮންސިއާޖް ގްރޫޕްއިން 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗާ

އެންމެ 20 ރުފިޔާ ނުވަތަ އެއަށް ވުރެ ގިނައިން ރީލޯޑުކޮށްގެން ފަސޭހަކަމާއެކު މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަނީ ހުޅުވައިލައިފަ އެވެ. މި އިނާމުތައް ހާސިލުކުރާ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޖުލައި 2025 ގެ ނިޔަލަށެވެ.

500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗާ ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފަރތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.