ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ސަން އޮފް ސަރްދާރް 3"ގެ ލަވައެއްގައި އެ ފިލްމުގެ ލީޑު އެކްޓަރު އަޖޭ ދޭވްގަން ނެށި ނެށުމަށް ގިނަ ބަޔަކު މަލާމާތް ކުރަމުން އެބަދެ އެވެ.
އެ ފިލްމުގެ ލަވައެއް ކަމަށްވާ "ޕެހެލާ ތޫ"ގެ ވީޑިއޯގައި އަޖޭއާއި އޭނާގެ ބަތަލާ މްރޫނާލް ތާކުރް އެކުގައި އެމީހުންގެ އަތުގެ އިނގިލިތަކުން "ޑާންސް ސްޓެޕް"އެއް ހަދަ އެވެ.
އެ ސްޓެޕްއާއެކު އަޖޭގެ ނެށުމުގެ ހުނަރަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު އެ މަންޒަރު ހިމަނައިގެން މީމްތަކާއި ވީޑިއޯތައް ވެސް މިހާރު ދަނީ ދައުރު ވަމުންނެވެ.
މި ފާޑުކިޔުންތަކާ ބެހޭގޮތުން އަޖޭ ބުނީ މީހުން އޭނާއަށް މަލާމާތް ކުރި ނަމަވެސް އެ ޑާންސް ސްޓެޕް ހެދުމަކީ ވެސް އޭނާއަށް ވަރަށް އުނދަގޫވި ކަމެއް ކަމަށާއި އެކަން ކުރީތީ ޝުކުރުވެރިވާން ޖެހޭ ކަމަށެވެ.
އަޖޭ އިތުރަށް ބުނީ އެ ލަވައިގެ ޝޫޓިންގެ ތެރެއިން އޭނާގެ ބަތަލާ މްރޫނާލްގެ ވަރަށް ބޮޑު އެހީތެރި ކަމެއް ލިބުނު ކަމަށާއި އޭނާގެ އެހީއާ ނުލާ އެވަރު ވެސް ނުވީސް ކަމަށެވެ.
އަޖޭއަކީ ބޮލީވުޑްގައި ހަރަކާތްތެރިވާ އެކްޓަރުންގެ ތެރެއިން ނެށުމުގެ ހުނަރު އެހާ މޮޅު ނޫން އެކްޓަރެކެވެ. އެކަމަށް އޭނާ ފާޅުގައި އެއްބަސް ވެސް ވެފައިވެ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ: ޑރ. ޑޫމްގެ މާޒީ ދައްކާލައިފި
ޑީޖޭއޭގެ ވެރިއަކަށް ޕީއެންސީގެ ވަކީލު ޝަމީމް
އެންމެ ފަހުން ގޯވިންދާގެ ވަރުގަދަ ރައްދެއް އަންހެނުން ސުނީތާއަށް!