މާލޭ ރައްޔިތުންގެ މައްޗަށް އެމްޑީޕީއިން އަލުން ކާމިޔާބު ހޯދައި ޕާޓީގެ ވިސްނުން އަލުން ރޭވުންތެރިކުރަން ގޮވާލައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި ބަލިވި އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
އަނަސް އާ ވާދަކުރެއްވިި ޕީޕީއެމް ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ހޯއްދެއްވީ 60 ޕަސެންޓަށް ވުރެ ބޮޑު އަގުލަބިއްޔަތުންނެވެ.
ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުވިކަން އިއުލާންކޮށް ނޫސްވެރިންގެ ބައްދަލުވެއް ބާއްވައި އެ ބައްދަލުވުން ނިމުނުތަނާހެން އަނަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުން ބަސް އިއްވައިފި ކަމަށެވެ. އަދި ވަނީ ޑރ. މުއިއްޒުއަށް މަރުހަބާ ދަންނަވާފަ އެވެ.
"މާލޭގެ ރައްޔިތުން ބަސް ބުނެފި، އަޅުގަނޑު އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން، ޑރ. މުއިއްޒުއަށް ހޯއްދެވި ކާމިޔާބަށް މަރުހަބާ ދަންނަވަން، މިރޭގެ ނާތީޖާއަށް އެމްޑީޕީއިން ބަލައި ކަންކަން އިސްލާހުކުރަން ޖެހޭ، މާލޭ ރައްޔިތުންގެ މައްޗަށް އެމްޑީޕީ އަލުން ކާމިޔާބު ހޯދާނެ،" އަނަސް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް ނާކާމިޔާބީއަށް ކުރިމަތިލާން ޖެހުނުއިރު އަނަސް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވާފަ އެވެ.
މި މީހުންނަށް ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟ މާލޭ ރައްޔިތުންގެ މައްޗަށް އެމްޑީޕީ ކާމިޔާބު ހޯދެން ޖެހޭނެއޭ. އިދިކޮޅު ޕާޓީއެއްގެ މައްޗަށް ކާމިޔާބެއް ހޯދުނަސް މާލޭ ރައްޔިތުންގެ މައްޗަށް ކާމިޔާބެއް ނުހޯދޭނޭ. ތިޔަ ބުނަނީ ކަނޑައެޅިގެން މާލޭ ރައްޔިތުން ބަލިކޮށްފައި އިނދަޖައްސާފައި ބީތާއަރުވާލާފައި ބާކީކޮށްފައި އިންތިޚާބެއް ބާއްވައިގެން އެމްޑީޕީން ކާމިޔާބު ހޯދާނެ ވާހަކަ. އެކަމެއް ނުވާނެ. ލާހިކު ކުޅަދާނައެއް ނޫން އެކަން ކުރާކަށް.
އަނަސް ކަލޭގެ ލަދުހަޔާތް ކޮބާ؟ އެމްޑީޕީ އިން ކުރީގެ 2 އިންތިޚާބު ވަގަށް ނަގައިގެން ވެރިކަމަށް އައިސް ތިބި ވަގުންތަކެއް ތިޔައީ. އެމްޑީ ޕީ އިން މިގައުމުގައި ވެރިކަންކުރާނެ އެންމެފަހު ފަހަރު މީ އިންޝާﷲ . ޕާޓީގެ ނަން ވެސް ފޮހެވިގެންދާނެ މުސްތަގުބަލުގައި އިންޝާﷲ. ތަންތާނގަ ތިބޭ ޢިލްމެއް ނެތް ކިފަޅުން ތިމަތިމާމެނާ ނުއެކަށޭނަ މަޤާމުތަކާ ކުރިމަތިލަނީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީމަ.