ވެރިކަމަށް ވަޑައިގަތްފަހުން ތިން ވަނަ ފަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތައް ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގަތްފަހުން އެންމެ ފުރަތަމަ އެ ގައުމަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ. ދެވަނަ ފަހަރަށް ވަޑައިގަތީ ލިވަޕޫލާއެކު ރާއްޖެ އިޝްތުހާރު ކުރުމުގެ ކަންކަން ފެށުމުގެ ރަސްމިއްޔާތަަށެވެ.
ތިން ވަނަ ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތައް ފުރާވަޑައިގެންފަ އެވެ. ރައީސްގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތިޔައީ ތިގައުމުގައި ކިޔަވަން ބަހައްޓާފައި ހުރި ދަރިފުޅާ ބައްދަލު ކުރާށާ، ޖުލައި 26އަށް ބާޒާރު ކުރަން ރައްޔިތުންގެ ފައިސާ އިސްރާފު ކުރަން ކުރާ ދަތުރެއް!!!
ރިޕްލައި