އަބަދުވެސް ނަފްސާނީ ގޮތުން މީހާ މުޅިން މާޔޫސްވެ ފޫހިވާގޮތް ވޭހެއްޔެވެ؟ ކަންކަން ކުރާހިތް ނުވެ ބާންއައުޓް ވޭ ހެއްޔެވެ؟ ދިރިއުޅުމުގައި މާޔޫސް ކުރުވާފަދަ މާބޮޑު ކަމެއް ނުވިޔަސް މިފަދަ އިހުސާސް ކުރެވޭ ފަހަރު އާދެ އެވެ. އާއްމު ދިރިއުޅުމުގައި ކުރެވޭ ވަރަށް އާދައިގެ ކަމަކުންވެސް ނަފްސާނީ ގޮތުން މީހާއަށް އަސަރުކުރުވަ އެވެ.

މާގިނައިން ފޯނު ބޭނުންކުރުން

ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން އަބަދު ފޯނު ސްކްރޯލް ކުރުމާއި، ގޭމު ކުޅުން އަދި ޝޯޓްސް ބެލުން ފަދަ ކަންކަމަކީ މީހާގެ ސިކުނޑި ސަމާލުކަން ދޭން ޖެހޭވަރަށް ކަންކަމުގައި ސަމާލުކަން ނުދެވޭ ކަމެކެވެ. އެހެންކަމުން ސަމާލުކަން ނުދެވޭ ގޮތަށް ހަރުލާފައި ހުރި އާދަތަކުން ދުރުވެ އޭގެ ބަދަލުގައި އަސްލު ހިތްވަރާއި ވަގުތު ނަގައިގެން ކުރެވޭނެ ކަންކަން ކުރުމަށް އާދަކުރާށެވެ. ފުރަތަމަ އުނދަގޫ ވެދާނެ އެވެ. ނަމަވެސް މިހެން ކަންކަން ކުރަން ފެށުމުން ފަހުން މިފަދަ ކަންކަން ކުރުމަށް ހިތްވަރުލިބި ފަހުރުވެރިވާނެ އެވެ.

ސޯޝަލް އައިސޮލޭޝަން

މީހުން ތެރެއަށް ނުކުމެ އުޅުން ހުއްޓާލައި އެކަހެރިވެގެން އުޅުމަކީވެސް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ނުހަނު ބޮޑަށް ކުރާ ކެމެކެވެ. ދުވާލަކު މަދުވެގެން ކޮންމެވެސް މީހަކާ ދިމާވެ ވާހަކަ ދައްކާލުމުންވެސް ތަފާތު ފެންނާނެ އެވެ. އޭރުން ސިކުނޑިއަށް ކަނެކްޝަން އަދިވެސް ސޭފްކަން ބުނެދޭނެ އެވެ.

ނިދި ހަމަކުރުމަށް ފަރުވާކުޑަކުރުން

ނިދި ހަމަނުވުމަކީ ނުހަނު ގިނަ އުނދަގޫތައް ދިމާވާ ކަމެކެވެ. މިސާލަކަށް ލަހުން ނިދުމަށްފަހު ނިދި ހަމަނުވެ އޮފީހަށް ދިއުމުން މުޅި ދުވަސް ދާނީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. ނިދުމަށް ތަރުތީބު ކުރެވިފައިވާ ފުރިހަމަ ސެޑިއުލްއަކާއި ނިދުމުގެ ކުރިން ސްކްރީންނަށް ބެލުން ހުއްޓާލުމުން ވަގުތު ބޭކާރުނުވެ، ފަސޭހައިން ނިދޭގޮތް ވެއެވެ.

މާގިނައިން ހަބަރު ކިޔުން

ދުނިޔޭގަ އާއި މުޖުތަމައުގައި ހިނގާ އެންމެހާ މުހިއްމު ކަންކަމުގެ ހަބަރުތައް އެނގުން ރަނގަޅެވެ. ނަމަވެސް މާގިނައިން ހަބަރު ކިޔާނަމަ، އޭގެ ސަބަބުން ނާރުގެ ސިސްޓަމަށް އަސަރުކޮށް، އަބަދުވެސް ބިރުގަނެ ހާސްވެފައި ހުރެވޭ ކަމުގެ އިހުސާސް ކުރެ ވެއެވެ.