ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަންކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަމީލަށް ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމާއި އެ ކޮމިޝަނުގެ މެންބަރުންގެ އިތުރުން ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓްތަކުގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމި ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓް މުހައްމަދު ޝަހީދު މިއަދު ވަނީ އަނބުރާ ނަން ނަގާފަ އެވެ. އޭނާ ނަންނެގީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ. އެހެންކަމުން ހައި ކޯޓުގައި އެއް ފަނޑިޔާރެއްގެ މަގާމު އަދި އޮތީ ހުސްކޮށެވެ.
އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ދީފި
ޕީއެސްއެމްއިން ވަކިވި ނަސްރީނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ފާސްކޮށްފި
