މިދިޔަ އަހަރެކޭ އެއްގޮތަށް މި އަަހަރު ވެސް މާލެ ސަރަހައްދުން ފިތުރު ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މާލޭ ސަރަހައްދުގައި އުޅޭ މީހުން ފިތުރު ޒަކާތް ދައްކަން ޖެހޭނީ ދިރާގު ޕޭ ވެބްސައިޓު، ނައުޑޮޓްއެމްވީ އެޕްލިކޭޝަން އަދި އެސްއެމްއެސް، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން، އަދި އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ.

ބީއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް ޒަކާތް ދެއްކޭ އިރު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާނެޓް އެޕްލިކޭޝަންގެ އިތުރުން މެއިން ބްރާންޗު އަދި ހުޅުމާލެ ބްރާންޗުގެ ކައުންޓަރުތަކުން ވެސް ޒަކާތް ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ފަހިޕޭ އެޕްލިކޭޝަން އާއި ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެ އެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:

  1. އާދައިގެ ހަނޑޫ: 12
  2. ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ
  3. ބާސްމަތީ ހަނޑޫ (އާދައިގެ): 65 ރުފިޔާ
  4. ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ
  5. ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
  6. ރަތް ހަނޑޫ: 78 ރުފިޔާ
  7. އާދައިގެ ފުށް: 10 ރުފިޔާ
  8. އާޓާ ފުށް: 59 ރުފިޔާ

މާލެ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުންނެވެ.