މަޝްހޫރު ހޮލީވުޑް ފިލްމް ސީރީޒް ހެރީ ޕޮޓާގެ އަސްލު ތަރިން އެކުގައި ފެންނާނެ ކަމަށް އުއްމީދުކުރާ ނަމަ އެ އުއްމީދު ދޫކޮށްލަންވީ ވަގުތު އައިސް ޖެހިއްޖެ އެވެ.

ހެރީ ޕޮޓާގެ އެންމެ ފުރަތަމަ ދެ ފިލްމުގެ ޑިރެކްޓަރު ކްރިސް ކޮލަމްބަސް މިވަނީ އެ ފިލްމުތަކުގެ ލީޑުން ފެނުނު ތިން ތަރިން އެކުގައި ދެން ދުވަހަކުވެސް ނުފެންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކްރިސް ބުނީ އެ ފިލްމުގެ ލީޑު ރޯލުތަކުން ފެނުނު ޑެނިއަލް ރެޑްކްލިފްއާއި ރުޕާޓް ގްރިންޓްގެ އިތުރުން އެމާ ވަޓްސަން އެކުގައި ފެނުމަކީ ދެން ނުވާނެ ކަމެއް ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ކްރިސް ފާހަގަ ކޮށްފައިވަނީ ހެރީ ޕޮޓާގެ ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގްއާއި ފިލްމުގެ ކްރޫއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުން ތަކެވެ.

މިފަހަކަށް އައިސް އެއްޖިއްސުން ގުޅުން ހިންގުމުގެ ހައްގުތަކާ ދެކޮޅަށް ޖޭކޭ ރޯލިން ފާޅުގައި ހިޔާލު ފާޅުކުރަން ފެށުމުން ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ އިތުރުން އާއްމުން ވެސް އޭނާއާ ދެކޮޅަށް ހިޔާލު ފާޅުކޮށްފަ އެވެ.

މި ހިޔާލުތަފާތުވުންތަކާއެކު ޖޭކޭ ރޯލިންއާއެކު މަސައްކަތް ކުރަން ހޮލީވުޑްގެ އެއްވެސް ތަރިއަކު ބޭނުންނުވާ ކަމަށް ބެލެވޭއިރު ކުރިއަށް އޮތް ތެނުގައި ވެސް އެކަން އޮންނާނީ އެހެން ކަމަށް ލަފާކުރެވެ އެވެ.