މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑާލާނެކަން ސްޓެލްކޯއިން އަންގައިފި އެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތަށް ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރެވެނީ މިއަދު ހެނދުނާއި މެންދުރު ކަމަށެވެ.
ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓު ކަނޑާލާނެ ސަރަހައްދުތަކަކީ ބޮޑުރަސްގެފާނު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، އެނބޫ ގޯޅި، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު، މަދޮށި ގޯޅި، ނިކަގަސް ހިނގުން، ނިކަގަސް މަގު އަދި ރަނައުރާ ގޯޅި ހިމެނޭ ސަރަހައްދު ކަމަށް އެ ކުންފުނިން ބުންޏެވެ.
މެންދުރު 14:00 އާއި 14:40 އާ ދެމެދު ކަރަންޓު ކަނޑާލަނީ އައިމިނާރަނި ހިނގުން، އަމީނީ މަގު، ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، ބުރުޒު މަގު، ރަށްދެބައި ހިނގުން އަދި ސިއްތިމާވާ ހިނގުން ހިމެނޭ ސަރަހައްދުންނެވެ.
މިދިޔަ އޮގަސްޓް 14، ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ. އޮގަސްޓް ނުވަ ވަނަ ދުވަހު މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ.