ފުލުހުންގެ ސީންއެއްގެ ފޮޓޯއެއް ނެގުމުން ރޭ ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
މައްޗަންގޮޅީގައި ފުލުހުން ރޭ ޑްރަގް އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށް އެ މަންޒަރު ހުސައިން ފޯނުން ފޮޓޯނެގި އެވެ. ފޮޓޯ ނެގުމުން އެތަނުގައި ތިބި ފުލުހުން ރުޅި އިސްކޮށް ހުސައިންއާ މެދު އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ.
ފުލުހުން ބުނީ ހުސައިން ހައްޔަރުކުރީ ފުލުހުންގެ އެންގުމާ ހިލާފަށް ސީންގެ ތެރެއަށްވަދެ އެވިޑެންސްގެ ފޮޓޯ ނަގަން ފެށުމުން ކަމަށެވެ. އެކަމަކު މަންޒަރު ދުށް މީހުން އެ ވާހަކަ ދޮގު ކުރެ އެވެ.
ހުސައިންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ކުރީ ކޮން ޝަރުތުތަކެއް ކަމެއް ނޭނގެ އެވެ.
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!
