މާފުށި ޖަލުގައި ތިބޭ ބައެއް ގައިދީން، ސްކޭމް މައްސަލަތަކުގައި ބައިވެރިވާ ކަމަށް ފާހަގަވުމުން ފުލުހުން ޖަލު ބަލައިފާސްކޮށް 33 ފޯނު ހޯދައިފި އެވެ.
ފުލުހުން ބުނީ، އެ މުއައްސަސާއަށް ހުށަހަޅާ ސްކޭމްގެ ބައެއް މައްސަލަތައް ތަހުގީގުކުރާއިރު، އެ މައްސަލަތަކުގައި ގައިދީން ބައިވެރިވާކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު އެ ޖަލުގައި ފުލުހުން ވަނީ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފަ އެވެ.
އެ އޮޕަރޭޝަނުގައި އެކި ބްރޭންޑުތަކުގެ 33 މޮބައިލް ފޯނުގެ އިތުރުން، އިއަޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖު ކުރާ ކޭބަލާއި ސިމްކާޑު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ސްކޭމްގެ މައްސަލަތައް މަދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން އެފަދަ އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދަން ރާވާފައިވާކަން ފުލުހުން ބުންޏެވެ.
ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ހާއްސަ ޑިޕާޓްމަންޓެއް ފުލުހުންގެ މުއައްސަސާގައި ވަނީ ގާއިމްކޮށްފަ އެވެ.
ވަޒީފާގެ އިންޓަވިއުއަކަށް ހެދުން އަޅާއިރު ސަމާލުވާންޖެހޭ!
5 އަހަރުވާއިރު ވެސް ސައިފް ހެދުންތައް އާ ނުކުރޭ: ކަރީނާ
މިސަރުކާރުން ފުވައްމުލަކަށް ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތް
