ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އިންޑިއާގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި "ހުރުން އިންޑިއާ އެންމެ މުއްސަނދި މީހުންގެ ލިސްޓު"ގައި ޝާހްރުކް ޚާން ހިމެނިފައިވަނީ ޖުމްލަ 12،490 ކްރޯޑް ރުޕީސްގެ މިލްކިއްޔާތަކާއެކުގަ އެވެ. އެއީ ގާތްގަނޑަކަށް 1.408 ބިލިއަން ޑޮލަރެވެ.
ފިލްމުތަކަށް ނަގާ ބޮޑު އަގުގެ އިތުރުން ޝާހްރުކް ޚާންއަކީ އެކި ދާއިރާތަކުގައި އޭނާގެ ފުޅާ ވިޔަފާރި ހިންގަމުން އަންނަ ޝަހްސިއްޔަތެކެވެ.
އެގޮތުން އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމަންޓްގެ އިތުރުން އިންޑިއަން ޕްރިމިއާ ލީގުގެ ޓީމެއް ވެސް އޭނާ ގެންގުޅެ އެވެ.
ޝާހްރުކް ޚާންގެ އިތުރުން މުއްސަނދިންގެ ލިސްޓުގައި އޭނާއާއެކު ކޮލްކަތާ ރައިޑާސް ހިއްސާކުރާ އެކްޓަރު ޖޫހީ ޗާވްލާ ވެސް ހިމެނެ އެވެ.
1992 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ޝާހްރުކް ޚާން ވަނީ ފާއިތުވި 30 އަހަރު ތެރޭގައި އެ ދާއިރާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭގައި ހިމެނިފަ އެވެ.