ޝަރަފުވެރި އޮސްކާ އެވޯޑު މީގެ ކުރިން ހާސިލްކޮށްފައިވާ އެމެރިކާގެ އެކްޓަރެއް ކަމަށްވާ ޑަޔާން ކީޓަން އުމުރުން 79 އަހަރުގައި މަރުވެއްޖެ އެވެ.
ޑަޔާންގެ މަރާ ބެހޭގޮތުން މާ ބޮޑު މައުލޫމާތެއް މީޑިއާއަށް އެނގިފައި ނުވި ނަމަވެސް ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާއަށް އިހުތިރާމް ކުރަން އެ އާއިލާއިން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
1972 ވަނަ އަހަރު ރިލީޒް ކުރި "އެނީ ހޯލްސް"އާއި "ދަ ގޯޑްފާދާ" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޑަޔާންއަކީ އޭނާގެ ކެރިއަރުގައި ތަފާތު ކެރެކްޓަރުތަކެއް ކުޅެދިން އެކްޓަރެކެވެ.
އުމުރުގެ ފަހުކޮޅަށް އައިއިރު ޑައާންގެ ސިއްހީ މައްސަލަތަކެއް ފެންމަތިވި ކަމަށާއި މަރުވީ ވެސް އެ ކަންކަމަށް ފަރުވާ ހޯދަމުން އަންނަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ.
އެކްޓަރެއްގެ އިތުރުން ޑަޔާންއަކީ ކުޅަދާނަ ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާ ވަނީ 80ގެ އަހަރުތަކުގައި ގިނަ އަދަދެއްގެ ފިލްމުތައް ޑައިރެކްޓް ކޮށްދީފަ އެވެ.
ޑަޔާންގެ ހަޔާތުގައި އެއްވެސް ކައިވެންޏެއް ނުކުރި ނަމަވެސް އެކި އެކްޓަރުންނާ ލޯބީގެ ގޮތުން އޭނާ ގުޅުނު ކަމަށް އަޑު އެރި އެވެ. މަރުވިއިރު އޭނާގެ އަންހެން ދަރިއަކު ހުރެ އެވެ.