ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ތަހުގީގަށް ފުލުހުންގެ އިދާރާއަށް ގެނައުމަށްފަހު، ނަމްބަރު އައިނެއް ހެދުމަށް ވިޝަން އޮޕްޓިކަލްސްއަށް މިއަދު ގެންގޮސްފި އެވެ.
ރައީސް ޔާމީން ވިޝަން އޮޕްޓިކަލްސް ކައިރިއަށް ގެންދިޔަ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެތަނުގައި ގަޑިއެއްހާއިރު ހޭދަކުރެއްވުމަށްފަހު އަނެއްކާ ވެސް ގެންދެވީ ފުލުސް އޮފީހަށެވެ.
ރައީސް ޔާމީން މިއަދު މާލެ ގެނެސް ފުލުހަށް ހާޒިރުކޮށްފައިވަނީ ފުލުހުން ހިންގަމުންދާ ތަހުގީގަކާ ގުޅިގެން ސުވާލުކުރަން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ މައުލޫމާތު ދެއްވާފައިވެ އެވެ.
ފުލުހަށް ހާޒިރުކުރުމަށްފަހު އެމަނިކުފާނު ވަނީ އަނބުރާ ޖަލަށް ގެންދަވައިފަ އެވެ.
ތަހުގީގަށް ޔާމީން މާލެއަށް ގެނެސްފައިވާއިރު، އެމަނިކުފާނުގެ އާއިލާއިން ވަނީ އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އަދި އިދިކޮޅު ކޯލިޝަނުގެ ވެރިން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި، ރޯދަ މަަހަށް ޔާމީން ގެއަށް ގެނެސް ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ޔާމީން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ މަނިކުފާނު ގެއަށް ބަދަލުކުރައްވާނެ ކަމުގެ އެއްވެސް އުއްމީދެއް ލިބިފައިނުވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ.
ޑޮލަރު ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދި ހަ ބިދޭސީއަކު ހައްޔަރު
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
ރައީސް މުއިއްޒު އިސްތިއުފާދެންދެން ސިލްސިލާ މުޒާހަރާތަކެއް ކުރަނީ
ވޯޓާ ގުޅިގެން ދިމާވި ކަންކަން ބަދަަލު ކޮށްލަން، މީޑިއާ އެހެން ދިމާ އަކަށް އަބުރާލި!!!