އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާއި އެއް މޭލު ބޭރުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިން މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެއީ ލަންކާއަށް ނިސްބަތްވާ ބިދޭސީއެކެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ޖުމްލަ ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ރޭ ފެނުނު މީހާގެ އިތުރުން ގއ. ދާންދޫ، ސަރުސޫނުގެ، އަހްމަދު ޝިފާން،38 އާއި އިންޑިއާގެ މީހެކެވެ.
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ ކޮޅުވެއްޓިން ޖުމްލަ ހަތް މީހުން ދަތުރުކުރި އެވެ. އޭގެތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.
ތާރީހުގެ އެންމެ ބޮޑު ވޯލްޑް ކަޕް ފަށައިގެން ކުރިއަށް!
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
ދަރިން ފޫހި ވުމަކީ މައްސަލައެއް ނޫން، ހައްލަން ފޯނު ނުދޭތި!
