ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރު ވާހަކަ ނުދައްކާ މޫނު އަނބުރާލި މީހުން މިހާރު އޭނާގެ ކައިރިއަށް ފިލްމުތަކުގެ ހުށައެޅުން ހިފައިގެން އަންނަ ކަމަށް ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް ބުނެފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބޮބީ ވަނީ އޭނާގެ ފިލްމުތައް ފުލުފުލުން ނާކާމިޔާބު ވަމުން ދިޔަ ދުވަސްވަރު ކުރެވުނު ތަޖުރިބާ ކިޔައިދީފަ އެވެ.
ބޮބީ ބުނީ ބޮލީވުޑްގެ އެއްބާރުލުން އޭނާއަށް އެންމެ ބޭނުންވި ދުވަހު ގިނަ މީހުން އޭނާއަށް ދިނީ ފުރަގަސް ކަމަށާއި އެހެން ނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
އެގޮތުން މިފަހަކަށް އައިސް އޭނާ ފެނިގެންދިޔަ އުފެއްދުންތައް ކާމިޔާބު ވުމުން އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ކަމަށް ބޮބީ ބުންޏެވެ.
ބަރްސާތު، ބާދަލް، އަދި އަޖްނަބީ ފަދަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދި ބޮބީ ވަނީ އޭނާގެ ކެރިއަރުގެ ވަކި ހިސާބަކުން ނާކާމިޔާބު ފިލްމުތަކެއްގައި ހިއްސާވެފަ އެވެ.
އެހެން ނަމަވެސް މިފަހުން އޭނާ ފެނިގެންދިޔަ އެނިމަލް އަދި ބޭޑޭސް އޮފް ބޮލީވުޑްއަކީ އާއްމުންނާއި ފާޑުކިޔުންތެރިންގެ ވެސް ތަރުހީބު ލިބުނު އުފެއްދުންތަކެކެވެ.
މައީޝާގެ ދަރިއަކު ނުހުރޭ، ޖެންޑާއިން ދަރިފުޅު އަތުލަން ގޮސްފި!
ރާއްޖޭގެ އިގްތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށް: އެމްއެމްއޭ
ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް ކާމިޔާބުކަމާއެކު ނިންމާލައިފި