ސުޝްމިތާ ސެން އަކީ ބޮލީވުޑްގައި ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ތަރިއެކެވެ. އޭނާއަށް އާންމުންގެ ލޯބި އެންމެ ބޮޑަށް ލިބިފައި ވަނީ އޭނާގެ ހިތްތިރި މިޒާޖުންނެވެ.
މިސް ޔުނިވާސް ހާސިލްކުރުމުގެ އިތުރުން، އާ ކަންކަމާ ކެރިގެން ކުރިމަތިލާން ތައްޔާރަށް ހުންނަ ޝަހްސިއްޔަތެއްގެ ގޮތުގައި ވެސް ސުޝްމިތާ ފާހަގަކޮށްލެވެ އެވެ.
ނަމަވެސް އައު ކަންކަމަށް ކުރިމަތިލުމުގައި އެތައް ގޮންޖެހުންތަކެއް ހުންނަކަން ސުޝްމިތާ ވަނީ އިންޓަވިއުއެއްގައި އާންމުންނަށް ކިޔައިދީފަ އެވެ.
އެގޮތުން އައިޓަމް ލަވަތަކުގައި ނެށުމަކީ ބޮލީވުޑްގައި މިހާރު އާންމު ކަމަށް ވީ ނަމަވެސް، އެއީ މީގެ އަހަރުތަކެއް ކުރިން ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އަދި އެ ރޯލުތަކުގައި އުޅޭ އަންހެން ތަރިން އޮންނަނީ ގޯސްގޮތުގައި ލޭބަލްވެފައި ކަމަށް ސުޝްމިތާ ކިޔައިދިނެވެ.
އެހެން ނަމަވެސް އެފަދަ ލަވަތައް ކުޅުމަށް ޝައުގުވެރިވާތީ ސުޝްމިތާ އެކަމަށް އަބަދުވެސް ތަރުހީބު ދިންކަމަށާއި، ޑައިރެކްޓަރުންނަށް ވެސް އެކަން އެންގި ކަމަށް ސުޝްމިތާ ބުނެފައިވެ އެވެ.
ސުޝްމިތާ ބުނިގޮތުގައި އެކަމުގެ ސަބަބުން ގިނަ ފިލްމުތައް އޭނާގެ އަތުން ގެއްލިގެންދިޔަ އެވެ. އަދި ފިލްމު ޑައިރެކްޓަރުން ވެސް އޭނާ އަކީ "މޮޔައެއް" ކަމަށް ބުނެ ފިލްމު ކުޅުމުގެ ފުރުސަތު ނުދޭ ކަމަށް ސުޝްމިތާ ބުނެފައިވެ އެވެ.
ސުޝްމިތާ އޭނާގެ ފިލްމީ ކެރިއަރުގައި އައިޓަމް ލަވަތައް ކުޅެފައިވާއިރު، އެ ލަވަތައް ވަނީ ކާމިޔާބު ވެސް ވެފަ އެވެ.
"ލޯވްރޭ މިއުޒިއަމް"އިން ވަގަށް ނެގި ޖަވާހިރުތަކަށް ނަޒަރެއް!
ފައިސާ ޗާޕު ކުރަނީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން
އޮޓޮޕްސީއާ މެދި ގޮތެއް ނުނިންމޭތީ އައްޑޫ ދެމަފިރިން ވަޅުނުލެވޭ