"ދަ މޯނިން ޝޯ"ގެ ދެ އެކްޓަރުން ކަމަށްވާ ޖެނިފާ އެނިސްޓަންއާއި ރީސް ވިތަސްޕޫންއަކީ އެމީހުންގެ ގާތް ރަހުމަތްތެރި ކަމަށްޓަކައި އާއްމުންގެ މެދުގައި މަޝްހޫރު ދެ ތަރިންނެވެ.

އެ ޝޯ ފެށުނު ފަހުން މިވީ އަހަރުތަކުގެ ތެރޭގައި އެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވެ ދިރިއުޅުމުގެ ކަންކަމުގައި އެކަކު އަނެކަކު ހިއްސާ ކުރަމުންދެ އެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ޖެނިފާއާއި ރީސްގެ ރަހުމަތްތެރިކަމުގައި މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކުނި ޖެހިފަ އެވެ.

އެގޮތުން ވިޔަފާރިވެރިއެއް ކަމަށްވާ އޮލިވާ ހާރްމަންއާއެކު ރީސް ލޯބީގެ ގުޅުމެއް ފެށުމުން ޖެނިފާއަށް ދެވޭ ވަގުތު މަދުވެ އެމީހުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ބުނެވެ އެވެ.

ރީސްގެ ދިރިއުޅުމުގައި އޮލިވާގެ ނުފޫޒު ގަދަވުމުގެ ސަބަބުން ޖެނިފާ ހިތްހަމަ ނުޖެހި ކޮންމެވެސް ވަރަކަށް ހަސަދަވެރި ވެސް ވެފައިވާ ކަމަށް ބުނެވެ އެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މީގެ އަހަރުތަކެއް ކުރިން ޖެނިފާއާއި ރީސްގެ ގުޅުން ވަރުގަދަވަމުން ދިޔައިރު ޖެނިފާގެ ކުރީގެ އެންމެ ގާތް ރަހުމަތްތެރިޔާ ކޯޓްނީ ކޮކްސް ވެސް އެގޮތަށް އެކަހެރި ކުރެވިފައިވާ ކަމެވެ.

އަމިއްލަ ދިރިއުޅުމުގެ ކަންކަން އެހެން އޮތް ނަމަވެސް "ދަ މޯނިން ޝޯ"ގެ ހަތަރު ވަނަ ސީޒަން ފެށިގެން ކުރިއަށްދާއިރު އެ ސީޒަނުން ވެސް އެ ދެތަރިން އެކުގައި ފެނެ އެވެ.

ދަ މޯނިން ޝޯގެ އިތުރުން ވެސް މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ވެސް ޖެނިފާއާއި ރީސް އެކުގައި މަސައްކަތް ކޮށްފައިވެ އެވެ. އެ ޝޯގައި ރީސް ފެނިގެންދިޔައީ ޖެނިފާގެ ކެރެކްޓަރު "ރޭޗަލް"ގެ ކޮއްކޮއެއްގެ ގޮތުގަ އެވެ.