ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާގެ ފިލްމުތައް ހިމަނައިގެން ފިލްމު ފެސްޓިވަލެއް ބާއްވަން ހަމަޖައްސައިފި އެވެ.
މިމަހުގެ 31 ވަނަ ދުވަހު ފަށާ އެ ފިލްމު ފެސްޓިވަލްގައި އިންޑިއާގެ ސިނަމާތަކުގައި ޝާހްރުކް ޚާންގެ މަޝްހޫރު ގިނަ ފިލްމްތަކެއް ދައްކާނެ އެވެ.
އެގޮތުން އަޅުވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކަބީ ހާން ކަބީ ނާ"، "ދިލްސޭ"، "ދޭވްދާސް"، "މެއިން ހޫން ނާ"، "ޗެންނާއީ އެކްސްޕްރެސް" އަދި "ޖަވާން" ހިމެނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އިންޑިއާގެ އިތުރުން ވެސް މެދު އިރުމައްޗާއި ޔޫރަޕް އަދި އޭޝިއާގެ އެކި ގައުމުތަކުގައި ވެސް ފިލްމު ފެސްޓިވަލް އަޅުވަން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ފިލްމު ފެސްޓިވަލް އިއުލާން ކުރަމުން ޝާހްްރުކް ޚާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަހަރު ތަކުގެ ތެރޭގައި އޭނާއަށް މާބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު 60 އަހަރު ފުރޭ ޝާހްރުކް ޚާން ބޮލީވުޑްގައި ހަރަކާތްތެރިވާތާ 30 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު އޭނާއަކީ އެ ދާއިރާގެ އެންމެ ފުންނާބު އުސް ފަންނާނުންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.
 ވަހީދު އިއްޔެ ވެސް މިއަދުވެސް ހަމަ އެގޮތުގައި
			ވަހީދު އިއްޔެ ވެސް މިއަދުވެސް ހަމަ އެގޮތުގައި
		 ކެފެއިން: އާއްމުކޮށް ކުރެވޭ ބައެއް ކުށްހީތައް!
			ކެފެއިން: އާއްމުކޮށް ކުރެވޭ ބައެއް ކުށްހީތައް!
		 އައްޑޫ ބައިބައި ކުރާ ވޯޓު: ކިޔޫތައް ބަންދުކޮށް ވޯޓު ގުނަނީ
			އައްޑޫ ބައިބައި ކުރާ ވޯޓު: ކިޔޫތައް ބަންދުކޮށް ވޯޓު ގުނަނީ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					