ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މަލައިކާ އަރޯރާގެ އަސްލު އުމުރު ފޮރުވަން އޭނާ ދޮގުހެދިކަން ފަޅާ އަރައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.
މަލައިކާ ދޮގުހެދިކަން ސަޕޯޓަރުންނަށް ފާހަގަވީ މީގެ އަހަރުތަކެއް ކުރިން އޭނާގެ އުމުރު ކަމުގައި ބުނި އުމުރާއި މި އަހަރު އޭނާ ފާހަގަކުރި އުމުރު ދިމާ ނުވާތީ އެވެ.
އެގޮތުން 2019 ވަނަ އަހަރު މަލައިކާ ވަނީ އޭނާގެ 46 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފަ އެވެ. އެގޮތުގެ މަތިން އޭނާއަށް މިއަހަރު ފުރޭނީ 52 އަހަރެވެ.
އެހެން ނަމަވެސް ދާދި ފަހުން އުފަން ދުވަސް ފާހަގަކުރި މަލައިކާ މިއަހަރު ފާހަގަކުރީ އޭނާގެ 50 ވަނަ އުފަން ދުވަސް ކަމަށް ފޮޓޯތަކުން އެނގެ އެވެ.
އެހެން ކަމުން އުމުރު ދިމާނުވާ ކަމަށާއި މާ ޒުވާން ވާން މަސައްކަތްކުރާ ކަމަށް ބުނެ މަލައިކާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ މަލައިކާގެ ވަނަވަރު އާއްމު ކޮށްފައިވާ ވެބްސައިޓްތަކުގައި ވެސް އޭނާގެ އުމުރު ކަމަށް ބުނެފައިވަނީ 52 އަހަރެވެ. އެހެން ކަމުން މިއަހަރު އޭނާ އެ އުޅެނީ އުމުރު އޮޅުވާލައިގެންކަން ހާމަވެ އެވެ.
މިކަމާ ގުޅޭގޮތުން މަލައިކާގެ ކޮއްކޮ އަމްރިތާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ދައްތައަށް ފުރުނީ 50 އަހަރު ކަމަށާއި އެ އުމުރުގައި އެވަރުގެ މީހަކު ނެތް ކަމަށެވެ.
"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
ބީޓީއެސް އިންޑިއާއަށް އަންނަނީ!
ޖޭއެސްސީގެ މެމްބަރުކަމަށް ހުސްނީ އައްޔަންކޮށްފި