އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒް ކުރަމުން އަންނަ ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ) ސެކިއުރިޓީޔ ދަށް ޖަލަކަށް ބަދަލުކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އޮކްޓޯބަރު މަހު ތިންވަނަ ދުވަހު ކުރި ހުކުމަށްފަހު ބްރޫކްލިން ފެޑެރަލް ލޮކްއަޕްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ޑިޑީ އެހެން ޖަލަކަށް ބަދަލު ކުރެވުނީ އޭނާގެ ވަކީލުންގެ އެދުމުގެ މަތިންނެވެ.

އެގޮތުން ފޯޑްޑިކްސް ފެސިލިޓީއަށް ޑިޑީ ބަދަލު ކުރަން އޭނާގެ ވަކީލުން އެދިފައިވަނީ އެތަނުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ރަނގަޅުވުމުގެ އިތުރުން އާއިލާ އުޅޭ ސަރަހައްދާ ވެސް ކައިރިވުމުންނެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ އިތުރުން ވެސް އެހެން ޖިންސީ ކުށްތަކެއް ސާބިތުވެ ހަތަރު އަހަރާއި ދެ މަސް ދުވަހަށް ޖަލަށް ލާން ހުކުމްކުރި ޑިޑީ ޖަލުން މިނިވަން ވާނީ 2028 ވަނަ އަހަރު އެވެ.

އެއާއެކު 500،000 އެމެރިކާ ޑޮލަރުން ޑިޑީ ޖުރިމަނާ ކުރެވިފައިވާއިރު ޖަލުން މިނިވަން ވުމަށްފަހު ވެސް އިތުރު ފަސް އަހަރު ޕްރޮބޭޝަންގައި އޭނާ ހުންނާނެ އެވެ.

އެހެން ނަމަވެސް ބަންދުގައި ހުންނައިރު ޑިޑީގެ އަމަލުތައް ހުންނަ ގޮތަށް ބެލުމަށްފަހު ހުކުމް ލުއިކުރަން ކޯޓުން ވަނީ އެއްބަސްވެފަ އެވެ.